ބޭހުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 75/1978)

ބޭހުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 75/1978)

 

1 ވަނަ މާއްދާ

ޑޮކްޓަރެއްގެ ޕްރިސްކްރިޕްށަނެއް ނެތި ބޭނުން ކުރާން ނުވާ ބޭސް މިނިސްޓްރީ އޮފް ހެލްތުގެ ހުއްދަނެތި ވިއްކުމަކީ މަނާކަމެކެވެ.

 

2 ވަނަ މާއްދާ

ކޮންޓްރެސެޕްޓިވްސް ބޭނުން ކުރަން ޑޮކްޓަރެއްގެ ލަފާ ދިންކަމުގެ ލިޔުމެއްނެތި ރާއްޖެއަށް އެކިބާވަތުގެ ކޮންޓްރެސެޕްޓިވްސް އެތެރެ ކުރުމަކީ މަނާކަމެކެވެ.

 

ގާނޫނުނަންބަރު 15/1995 އިން 3 ވަނަ މާއްދާވަނީ އުވާލެވިފައެވެ.

    

4 ވަނަ މާއްދާ

ބޭސް ވިއްކުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން އެތެރެކުރާ ބޭސް ފިޔަވައި ރާއްޖެއަށް އެތެރެކުރާ ބޭހުގެ ތެރެއިން ޑޮކްޓަރެއްގެ ލަފާގެމަތިން ނޫނީ ބޭނުންކޮށްގެންނުވާނެ ކޮންމެ ބޭހެއް ލިބިގަނެވޭނީ މިނިސްޓްރީ އޮފް ހެލްތްގެ ހުއްދައެއް ލިޔުމަކުން ލިބިގެންނެވެ.

 

 

 

Comments

Please login below to comment.
Login via Twitter.com